Tuesday, November 10
އިތުރު ތިން ޑްރަގް ރިމާންޑް ސެންޓަރުގައި ފަރުވާ ފަށައިފި

މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އިތުރު ތިން ޑްރަގް ރިމާންޑް ސެންޓަރު ޤާއިމުކޮށް ޚިދުމަތް ފަށައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި އަލަށް ޤާއިމުކުރެވުނު ރިމާންޑް ސެންޓަރުތައް ޤާއިމްކޮށްފައިވަނީ  ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުދޫގައެވެ.

މި ތިން ރަށުގެ އިތުރުން، ކުރިން ވަނީ ކ. ހިންމަފުށި އަދި ހުޅުމާލޭގައި ޑްރަގް ރިމާންޑް ސެންޓަރުތައް ޤާއިމުކޮށްފައެވެ.

މި މަރުކަޒުތަކަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް، އެފަރާތްތަކުގެ ބަންދުގެ މުއްދަތުގައި ބައިތިއްބައި، އެކަށީގެންވާ ފަރުވާ ދިނުމަށްފަހު މުޖުތަމައަށް ނެރުމަށް ޚާއްޞަކުރެވިފައިވާ ތަންތަނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު