Tuesday, November 10
ހިޔާ ޓަވަރެއް ކައިރީ މާރާމާރީ ހިންގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ރޭ މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް 23:51 ކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މާރާމާރީ ހިންގި މީހުން ދެ ފޯނެއް ފޭރިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު