Saturday, October 31
މުލީ އެއަރޕޯޓް ހުޅުވަން ރައީސް މުއްޔަށް ވަޑައިގެންފި

މ. މުލީގައި ތަރައްޤީކޮށްފައިވާ އެއާޕޯޓު ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މުއްޔަށް ވަޑައިގެންފިއެވެ.

މުލީ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިމި، ފުރަތަމަ ޓެސްޓް ފްލައިޓް އެ އެއާޕޯޓުގެ ރަންވޭގައި ޖައްސާފައިވަނީ މިދިޔަ މަހުއެވެ.

މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެއެވެ. މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މިއަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭ ވަރަށް ނިންމުމަށެވެ.

މުލީ އެއާޕޯޓުގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެކެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.

މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު