އާދިއްތަ, November 1
ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ދެވަނަ ސިންތާ ބާއްވައިފި

ޤައުމިއްޔަތު ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ ދެވަނަ ސިންތާ މިއަދު ބާއްވައިފިއެވެ. "ކެތި ނަކަތުގެ ސިންތާ" ގެ ނަމުގައި ބޭއްވުޭއްވުނު މި ސިންތާގައި މިފަހަރު އަލިއަޅުވާލާފައިވަނީ "ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް" މި މައުޟޫއަށެވެ.

މި ސިންތާގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ ދިވެހި ފަންނުގެ އިސްވާރު މަރްޔަމް ޢިޝާ ޢަބްދުލްޢަޒީޒާއި، ކަސަބު ގެތުމުގެ މަސައްކަތްތެރިޔާ ފާތުމަތު ނަތު ނަދުހާ އަބްދުލްމުޙުސިންއެވެ.

މަރްޔަމް ޢިޝާ ޢަބްދުލްޢަޒީޒް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ދިވެހިންނަކީ ގެތުމާއި ވިޔުމަށް ވަރަށް ފަރިތަ ބައެކެވެ. އަދި ތާރީޚީ ހެކިތަކަށް ބިނާކޮށް ވިދާޅުވި ގޮތުގައި ދިވެހިންނަށްވުރެ މަސައްކަތްތެރި ބަޔަކު ތާކު ނޫޅެއެވެ. އޭނާ ވިދާޅުވި ގޮތުގައި "ފޭރާން ވިއުން، ކުނާވިއުން، ފަންގިވިނުން، ރިޔާ ވިއުން، ރޯނުވެށުން، ހިރު ގެތުން، ކިނާރި އެޅުން މިހުންނަނީ މުޅިންވެސް އަޅުގަނޑުމެންގެ އަތްތަކުގެ ފަރިތަކަމުގެ މައްޗަށް ބިނާވެފައި ހުރި ހުނަރުތަކާއި ފަންނުތައް" އެވެ.

ފާތުމަތު ނަދުހާ އަބްދުލްމުޙުސިން އޭނާގެ ވާހަކަފުޅުގައި ކަސަބު ގެތުމުގެ މަސައްކަތް އޭނާ ކުރަމުން އައިސްފައިވާ ގޮތާއި، ކަސަބު ލިބާހާ ގުޅޭގޮތުން ކުރަމުންދާ ދިރާސާގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި "ދިވެހި ލިބާސް އަޅުގަނޑުމެން މާނަކުރަނީ ދިވެހި އަންހެނުން ލާއުޅޭ ފޭރާންތަކުގެ ތެރެއިން އޭގައި ވަކި ސިފަތަކެއް އެކުލެވޭ ބޯވަޅުއެޅި އަދި ބޯވަޅު ނާޅާ ލިބާހެއް" އެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފަތުރާ އާލާކޮށް، ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް އުފައްދާފައިވާ ކޮލެޖެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު