އާދިއްތަ, November 1
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް 141 ބޭފުޅުން ނަން ހުށަހަޅުއްވައިފި

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ނަން ހުށަހަޅުއްވާފައިވާ ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ހާމަކުރައްވައިފިއެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ އިއްޔެއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަހަރު އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅެނީ ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ. އިނާމާބެހޭ ކޮމިޓީން ވިދާޅުވެފައިވާ ގޮތުގައި، ނަން ހުށަހެޅުއްވި ބޭފުޅުންގެ ވަޒީފާގެ ލިޔުންތައް ބަލައި، އިންޓަވިއުއަށް ޝަރުތުހަމަވާ ބޭފުޅުން ކަނޑައަޅައި އިންޓަވިއު މަރުހަލާ މިހާރު ފަށާފައިވެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ މި އަހަރު އޮންނާނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު