އާދިއްތަ, November 1
ކައިވެނި ހަފުލާއެއް އިންތިޒާމުކޮށްދިނުމުގެ ނަމުގައި "ޖަސްޓްމެރިޑް" ހިންގި ސްކޭމް މައްސަލަ ފުލުހުން ބަލަން ފަށައިފި

ކައިވެނި ހަފްލާއެއްގެ ކަންކަން އިންތިޒާމުކޮށްދޭނެ ކަމަށް ބުނެ ބަޔަކު އަތުން ފައިސާ ނަގައި، ކައިވެނި ޕާޓީއަށް ކާތަކެތި ފޯރުކޮށްނުދިން ކަމަށް "ޖަސްޓް މެރީޑް" އަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު "ހައުސް އޮފް ޖެއިޑް" ގައި ބޭއްވި ކައިވެނި ހަފްލާއެއް އިންތިޒާމް ކޮށްދިނުމަށް ދެމަފިރިއަކު "ޖަސްޓް މެރީޑް" އަށް ފައިސާ ދެއްކި ކަމަށް ބުނެއެވެ. ނަމަވެސް، އެ ފައިސާ ނެގުމަށްފަހު ކާއެއްޗެއްސަށް "ޖަސްޓް މެރީޑް" އިން ފައިސާ ނުދައްކާ ހުރުމުން، އެ ހަފްލާއަށް ދިޔަ މެހެމާނުންނަށް ކެއުން ނުދެވި، އެ ދެމަފިރިންނަށް ލަދާ ކުރިމަތިލާން ޖެހުނު ކަމަށް ތުހުމަތުކުރެވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަޙްޤީޤުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު