Tuesday, November 10
އޭދަފުށި މަގުތައް ތަރައްޤީކުރަން އާރުޑީސީ އާއި ހަވާލުކޮށްފި
ބ. އޭދަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ރޮޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އާއރުޑީސީ ) އާއި އެކު ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.

ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިއީ 75.68 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ދުވާރުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ޤާއިމު ކުރާނެ އެވެ. އަދި ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރާނެ އެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް މުޢިއްޒުގެ ވައުދެކެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު