Tuesday, November 10
އިމިގްރޭޝަނަށް 50 މުވައްޒަފުން ހޯދުމުގެ އިންޓަވިއު ހޮނިހިރު ދުވަހު!

މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން "ވޯކް އިން އިންޓަވިއު" އަންނަ ހޮނިހިރުދުވަހު ބާއްވަން ނިންމައިފި އެވެ.

އިމިގްރޭޝަނުން ބުނީ އިންޓަވިއު އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00އަށް ގަލޮޅު ސްކޫލުގައި ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭފޯމާއި ތައުލީމީ ސެޓްފިކެޓް އަދި އެހެނިހެން ލިޔުންތައް ހިފައިގެން ދިއުމަށް އެދިފައެވެ. ޝަރުތު ތަކުގެ ތެރޭގައި އޯލެވެލް ނުވަތަ އެމްކިއު އޭ ޤަބޫލުކުރާ ސެޓްފިކެޓް  ގެ ކޯހެއް ފުރިހަމަކުރުން އަދި އުމުރުން 440 އަހަރަށް ވުރެ ދޮށީ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު