Tuesday, November 10
އެމްއެންޔޫގެ ޖޮބް ފެސްޓިވަލް ބުރަސްފަތި ދުވަހު ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ކޮންމެ އަހަރަކު ވެސް " އެމްއެންޔޫ ފަހި ފުރުޞަތު 2025"ގެ ނަމުގައި ބާއްވާ ޖޮބް ފެސްޓިވަލް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި މެއި މަހުގެ 22 އަދި 23 ވަނަ ދުވަހު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޖޮބް ފެސްޓިވަލް ބާއްވަނީ އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައެވެ.

މި ފެސްޓިވަލްގެ އެގްޒިބިޓަރސްގެ ގޮތުގައި، މޯލްޑިވިސް ޕެންޝަން އޮފިސް،މިފްކޯ، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަރަމަންޓް،އެސްޓީއޯ، ކޭޕީއެމްޖީ، މޯލްޑިވިސް އިންލޭން ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިތުރުން ވެސް އެހެން އެގްޒިބިޓަރސް ދަނީ އެމްއެންޔޫގެ ޖޮބް ފެސްޓިވަލްގައި ބައިވެރިވަމުންނެވެ.

މިފަދަ ޖޮބް ފެސްޓިވަލްތަކުގެ ސަބަބުން ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާއި ބައްދަލުކޮށް، އެ ޒުވާނެއްގެ ހުނަރާއި ޤާބިލްކަމާއި އެކަށީގެންވާ ވަޒީފާ ހޯދުމުގެ އިތުރުން ތަމްރީނު ހާޞިލުކުރުމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ފުރުޞަތުތަކަށް މަގުފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު