Tuesday, November 10
އައިއެސްއޯގެ މުހިންމު ދެ ސެޓްފިކެޓްއެއް އައިޔޫއެމްއަށް ލިބިއްޖެ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ ސްޓޭންޑަރޑައިޒޭޝަން (އައިއެސްއޯ) ގެ ދެ ސެޓްފިކެޓްއެއް ހާޞިލުކޮށްފިއެވެ.

އައިޔޫއެމް އިން ހާޞިލުކޮއްފައިވާ ދެ ސެޓްފިކެޓްގެ ތެރޭގައި، "އައިއެސްއޯ 9001:2015 ކުއަލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން" އަދި "އައިއެސްއޯ 21001:2018 އެޑިޔުކޭޝަނަލް އޯގަނައިޒޭޝަންސް" ހިމެނެއެވެ.

އައިއެސްއޯ އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ޤާއިމުކުރެވިފައިވާ ޖަމިއްޔާއެކެވެ. އެގޮތުން،ޖުމްލަ 174 ޤައުމެއްގެ ތަޖުރިބާކާރުން ބައިވެރިވާ މި ޖަމިއްޔާގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ޖުމްލަ 823 ޓެކްނިކަލް ކޮމިޓީއެއް ވަނީ އެކުލަވައިލެވިފައެވެ.

އައިޔޫއެމްއަށް ލިބުނު މި ކާމިޔާބީއާއި ގުޅިގެން ބޭއްވުނު ޕްރެސް ކޮންފެރެންސްގައި، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވަނީ މިއީ، މިފަދަ ސެޓްފިކެޓްތަކެއް ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒަކަށް ލިބުނު ފުރުތަމަ ފަހަރުކަން ފާހަގަކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު