އާދިއްތަ, November 1
ކުރީގެ ސީއީއޯ ޕެޓަރސަން އިސްތިއުފާ ހުށަހެޅުއްވި ތާރީޚާ ހަމައަށް މުސާރަ ވާނީ ދީފައި: ޑިވެލޮޕްމަންޓް ބޭންކް

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ކުރީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ނޯއެލް ގްރެގަރ ޕެޓަރސަން ޖޯންސް އިސްތިއުފާ ހުށަހެޅުއްވި ތާރީޚާ ހަމައަށް އޭނާއަށް ހައްގު މުސާރަ ދީފައިވާކަމުގެ ޔަގީންކަން އެ ބޭންކުން ދެއްވައިފިއެވެ.

ޑީބީއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި މިކަން ފާހަގަކޮށްފައިވަނީ، ޕެޓަރސަން ޖޯންސް އިސްތިއުފާ ހުށަހެޅުއްވީ ޑީބީއެމްއިން މުސާރަ އަދާނުކުރުމުގެ ސަބަބުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަޤީޤަތް ސާފުކޮށްދިނުމުގެ ގޮތުންނެވެ.

ބޭންކުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޕެޓަރސަން ޖޯންސް މިދިޔަ މާޗު 20 ވަނަ ދުވަހު ޕަބްލިކް ސަރވިސް ކޮމިޝަން (ޕީއެސްސީ) އަށް އިސްތިއުފާ ހުށަހެޅުއްވި ކަމަށާއި، އެ ތާރީޚުން ފެށިގެން އިސްތިއުފާ ބަލައިގަނެފައިވާ ކަމަށް ޕީއެސްސީއިން މާޗު 23 ގައި ޑީބީއެމްގެ ބޯޑަށާއި ޕެޓަރސަން ޖޯންސްއަށް އަންގާފައިވެއެވެ.

"ޕެޓަރސަން ޖޯންސް އޭނާގެ މަގާމުން އިސްތިއުފާދެއްވުމުގެ ދުވަސްކޮޅެއް ކުރިން ދިވެހިރާއްޖެ ދޫކޮށް ވަޑައިގެންފައިވާއިރު އިސްތިއުފާ ހުށަހެޅުއްވުމަށްފަހު އެ ބޭންކުގެ ވަޒީފާގައި އެއްވެސް ދައުރެއް އަދާކޮށްފައިނުވާ ކަމަށް" ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް، ޑީބީއެމްއިން ހާމަކޮށްފައިވަނީ ޕެޓަރސަން ޖޯންސް އިސްތިއުފާ ހުށަހެޅުއްވި ނޯޓިސްގެ މުއްދަތުގެ މުސާރައާ ބެހޭގޮތުން އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ދަނީ ޑީބީއެމްގެ ގާނޫނީ ވަކީލުންގެ ޓީމަކުން ކަމަށާއި، މައްސަލަ ފައިސަލާކުރުމުގައި އެ ބޭންކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ގާނޫނީ އިޖުރާއަތްތަކަށް އަމަލުކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު