އާދިއްތަ, November 1
ރޯގާ އާއި ހުން އިތުރުވާން ފަށާފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވެއްޖެ

މިދުވަސްވަރު ރާއްޖޭގައި ރޯގާ އާއި ހުން ފެތުރެމުންދާ ކަމަށާއި، ކުދިން ބަލިވެއްޖެނަމަ ސްކޫލަށް ނުފޮނުވުމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް އިރުޝާދު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވީ، ވަރަށް ބޮޑަށް ރޯގާ އާއި ހުން އިތުރުވާން ފަށާފައިވާ ކަމަށެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ޑޮކްޓަރު ވަނީ ކިޔާދެއްވާފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން އަތްދޮވުން، ބަލި ކުދިން ސްކޫލަށް ނުފޮނުވުން، ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ޓިޝޫއަކުން ބަންދުކުރުން އަދި ގިނަގިނައިން ދިޔަތަކެތި ބޭނުންކުރުން ހިމެނެއެވެ.

"މިފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ކުޑަކުދިންނާއި ދުވަސްވީ މީހުން މިފަދަ ބަލިތަކުން ރައްކާތެރިކުރުމަށް އަޅުގަނޑުމެން އެންމެން ސަމާލުކަން ދޭންޖެހޭ،" ޑރ. ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ޑރ. ފައިސަލް ވަނީ ރޯގާޖެހި ނޭވާލަން އުނދަގޫވާނަމަ ނުވަތަ ހުން އައިސް ތިން ދުވަސްވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށްވެސް އިރުޝާދު ދެއްވާފައެވެ.

ސިއްހީ ދާއިރާގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މޫސުން ބަދަލުވަމުންދާ މި ދުވަސްވަރަކީ ރޯގާ އާއި ހުން ފަދަ ބަލިތައް ފެތުރުން އިތުރުވާ ދުވަސްވަރެކެވެ.

އެންމެ ފަހުން އެޗްޕީއޭ އިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މާރިޗް މަހާ އަޅާ ބަލާއިރު އޭޕްރިލް މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެފައި ވެއެވެ. މިގޮތުން މިދިޔަ މަހު 127 މީހުން ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އެއީ މާރިޗް މަހާ އަޅާ ބަލާއިރު 54 އިންސައްތަ އިތުރު އަދަދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު