އާދިއްތަ, November 1
މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފެށިއްޖެ

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފުރިހަމަ ކުރަންޖެހޭ އަމަލީ މަސައްކަތްތައް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް އިއްޔެ ރާއްޖެ ވަޑައިގަތެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ވަފުދުގައި ހިމެނެނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީ، ފޮރިން މިނިސްޓްރީ އަދި އިމިގްރޭޝަންގެ އިސް ބޭފުޅުންނެވެ. މީގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންވެސް މި ވަފުދުގައި ހިމެނެއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ އަމަލީ މަސައްކަތްތައް މިއަދު ވެލާނާ އިންންޓަރނޭޝަނަލް އެއަރޕޯޓުގައި ފެށިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާގޮތް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.

މި އިނީޝިއޭޓިވް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު، އެއީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރާ ދުވަހެވެ. މި މަޝްރޫޢުގެ މަސައްކަތްތަކަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު