އާދިއްތަ, November 1
ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ކޮމިއުނިޓީ އެލައެންސްގެ ފަރާތުން ކުރެހުމުގެ މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް ފަށައިފިއެވެ.

މުޖުތަމައުގެ އެއްބައިވަންތަކަމާއި ގުޅުން ވަރުގަދަކުރުމަށް އުފައްދާފައިވާ މި ޖަމިއްޔާއިން ބާއްވާ ކުރެހުމުގެ މުބާރާތް އޮންނާނީ ޖޫން 19 ވަނަ ދުވަހު ހުޅުމާލެ ރެހެންދި ސްކޫލުގައެވެ. ހުޅުމާލެ ކޮމިއުނިޓީ އެލައެންސްއިން މަޢުލޫމާތު ދިންގޮތުގައި، ކުރެހުންތައް ދައްކާލުން އޮންނާނީ އެދުވަހުގެ ހަވީރު 4 އިން 6 އަށެވެ.

މި އަހަރުގެ މުބާރާތުގެ ޝިޢާރަކީ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" އެވެ. މުބާރާތުގައި އެންމެ މޮޅު ތިން ކުރެހުން ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ކޮމިއުނިޓީ އެލައެންސްއިން ހާމަކުރިގޮތުގައި، މިއަހަރުގެ މުބާރާތް ރެހެންދި ސްކޫލުގައި ބާއްވަނީ އެ ސްކޫލުން މުބާރާތް ބޭއްވުމުގައި ބައިވެރިވުން ބޮޑުވުމުންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސްކޫލްތަކުގެ ކުދިންނަށެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ މެއި 15 ވަނަ ދުވަހެވެ.

ޖަމިއްޔާއިން އިތުރަށް ހާމަކުރިގޮތުގައި، ކުރެހުމުގެ މުބާރާތުގައި ރެހެންދި ސްކޫލުގެ އެންވަޔަރަމަންޓް ކްލަބުގެ ފަރާތުން 100 އަށް ވުރެ ގިނަ ކުދިންގެ ކުރެހުން ހުށަހެޅޭނެއެވެ. އަދި މުބާރާތުގައި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން އެންމެ ރީތި 12 ކުރެހުން ހޮވައި 2026 ވަނަ އަހަރު އެ ޖަމިއްޔާއިން އާންމުކުރާ ކަލަންޑަރުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު