އާދިއްތަ, November 1
އުފެއްދުންތެރިކަމުގެ މައުރަޒުން 5000 އެއްހާ އުފެއްދުން ފެންނާނެކަމަށް އަންދާޒާކޮށްފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މިއަހަރު 5000 އެއްހާ އުފެ އުފެއްދުން ފެންނާނެކަމަށް އަންދާޒާކުރެވޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒުކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު މުޙައްމަދު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހާ ހަމައަށް 51 ކެޓަގަރީއަކުން އުފެއްދުންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް 21 ރަށަކުން އުފެއްދުންތައް ހުށަހަޅާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"6 އަހަރު ފަހުން މައުރަޒު ބާއްވާތީ އަޅުގަނޑުމެން އެހާ ބޮޑު ތަރުހީބެއް ނުލިބިދާނެކަމަށް ވިސްނައިގެން ވާހަކަދެކެވުނީ. އެހެންނަމަވެސް އަޅުގަނޑުމެން އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް އެބަލިބޭ. ބައެއް ސަރަޙައްދުތަކުން ޖާގަ އިތުރުކުރަންވެސް ޖެހިގެން އެމަސައްކަތްވެސް ކުރިއަށްއެބަދޭ." އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

މިއަހަރުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކަށް ޚާއްސަ ކެޓަގަރީއެއް ތަޢާރަފްކޮށްފައިވާއިރު، މިބައިން ގާތްގަނޑަކަށް 5 ކުންފުންޏަކުން އެކި އުފެއްދުންތައް ބައިވެރިކުރާނެކަމަށް ލަފާކުރެވޭކަމަށްވެސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

މިމަޢުރަޒް އޮންނާނީ މިމަހުގެ 23 އިން 31ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މައުރަޒުގައި އެކި ބާވަތުގެ މުދާ ވިއްކުމަށް ޚާއްސަ މާކެޓް ޕްލޭސްއަކާްއަކާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ޑިސްޓްރިކްޓަކާއި، މުނިފޫހިފިލުވުމަށް ޚާއްސަ ސަރަޙައްދަކާއި، މައުރަޒުގެ އުފެ އުފެއްދުންތަކަށް ޚާއްސަ ސަރަޙައްދެއް ޤާއިމުކޮށްފައިވާކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާކަމަށާއި، ކުރިއަށް އޮތް 2 ދުވަހުވެސް ތަކެތި ބަލައިގަންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ އިޢުލާނުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު