Monday, November 2
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދެ ފަނޑިޔާރަކު ވަކިކުރުމާ ގުޅިގެން އެ ދެ މަޤާމް ވަނީ ހުސްވެފައެވެ.

އެ ދެ މެމްބަރުންނަކީ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމުންނެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ޤާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއި ހަތް އަހަރުގެ މަސައްކަތު ތަޖުރިބާ ހުންނަން ޖެހެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދަހުގެ 12:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު