އާދިއްތަ, November 1
ބޮޑުއީދަށް ވަކިން ލައިޓެއް ނުގެންނަން، އެކަމަކު ޑިމާންޑު ވަރަށް ބޮޑު: ވަޒީރު

ކުރިއަށް އޮތް އަޟްހާ ޢީދަށް ރަށްތައް ދިއްލާލުމަށްޓަކައި ހަރުކުރާ ލައިޓުތަކުގެ ޑިމާންޑު މިއަހަރުވެސް ވަރަށް ބޮޑުކަމަށް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަރންމެންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ "އެކްސް" (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ޕޯސްޓެއް ކުރައްވަމުންނެވެ. މި ޕޯސްޓުގައި އެމަނިކުފާނު ހިއްސާކުރެއްވީ ޢީދަށް ތިން ލައިޓު ސެޓެއް ލިބިދާނެތޯ އަހާލައްވާފައިވާ މެސެޖެއްގެ ސްކްރީން ޝޮޓެކެވެ.

"ބޮޑު ޢީދަށް، ޢީދު ލައިޓް ހޯދަން ވަރަށް ގިނަ ކައުންސިލްތަކުން އެދެމުންދޭ. ޢީދު ލައިޓުގެ ޑިމާންޑު ވަރަށް ހައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އަޟްހާ ޢީދަށް އިތުރު ޢީދު ލައިޓު ނުހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުން އެނގުނު ގޮތުގައި މިދިޔަ އަހަރުވެސް ޢީދު ލައިޓު ހޯދާފައިވަނީ އެންމެ ފަހަރަކުއެވެ.

މިދިޔަ ފިތުރު ޢީދުގައި ރާއްޖޭގެ 64 ރަށެއްގައި ޢީދު ލައިޓު ހަރުކޮށް، ދިއްލާލާފައިވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު