Tuesday, November 10
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14188 މީހުން: އެންސްޕާ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14188 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓޭކްޝަން އެޖެންސީ ( އެންސްޕާ ) އިން ހާމަކޮށްފިއެވެ. އެންސްޕާއިން ހާމަކޮށްފައިވާ އޭޕްރީލް 2025 ގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލް މަހު އިނާޔަތް ފޯރުކޮށްދެވުނު މީހުންގެ އަދަދަކީ 14024 އެވެ. މީގެ ތެރެއިން އޭޕްރީލް މަހު 103 މީހަކު އަލަށް ރަޖިސްޓްރީ ކުރި ކަމަށްވެސް އެންސްޕާއިން މައުލޫމާތުދެއެވެ. މި ފަރާތްތަކަށް އެހީގެ ގޮތުގައި އޭޕްރީލް މަހު 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު