Tuesday, November 10
އޭޕްރީލްމަހު ސިންގަލް ޕޭރެންޓް އެލަވަންސް އަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި: އެންސްޕާ
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ މި ނިމުނު އޭޕްރީލް މަހު، ފަސް ހާހަށްވުރެ ކުޑަކުދިންނަށް ދެވުނު ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓޭކްޝަން އެޖެންސީ ( އެންސްޕާ ) އިން ހާމަކޮށްފިއެވެ. އެންސްޕާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލައިރު މި އެލަވަންސް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަަލަށް 2939 މައިން/ ބަފައިން ނަށް ދެވެއެވެ. އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީ ކުރެވުނު މައިން/ ބަފައިން އަދަދަކީ  37 އެކެވެ. އެންސްޕާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަކަށް މާލީ އެހީލިބޭ ކުދިންގެ އަދަދަކީ 5012 އެވެ. މާލީ އެހީގެ ގޮތުގައި 5033000  ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށްވެސް އެންސްޕާ އިން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު