Tuesday, November 10
މުވާސަލާތް ކުރިއަރާފައިވާ މިޒަމާނުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރަންޖެހޭ: ރައީސް
މުވާސަލާތީގޮތުން ކުރިއަރާފައިވާ ދުނިޔޭގައި އަޅުގަނޑުމެން މަސައްްކަތް ކުރަންވާނީ އޭގެ ބޭނުން ހިފާ ދިވެހިރާއްޖެ އިޝްތިހާރުކޮށް މަގުބޫލުކަން އިތުރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ މުވާސަލާތާއި މައުލޫމާތު ދާއިރާގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް އިތުރަށް ވިދަޅުވީ ގައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށް ވެސް އަޅުގަނޑުމެން މަސައްކަތްކުރަން ވާނެ ކަމަށެވެ. ދުވަހުގެ ތަހުނިޔާ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އަރުއްވަމުން ރައީސް ވިދާޅުވީ މި ދާއިރާގެ ހިދުމަތްތެރިންނަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށެެވެ. ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 17 އަކީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހެވެ. މި އަހަރުގެ މިދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން" އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު