Tuesday, November 3
ސީ-ޓު-އެއަރ ކާގޯ: އަހަރެއްތެރޭ 2 މިލިއަން ކިލޯގެ މުދާ އުފުލައިފި

މިދިޔަ އަހަރުގެ މެއި މަހު ފެށި ސީޓު އެއަރ ކާގޯ މަޝްރޫއުއާއެކު އެއް އަހަރުގެ ތެރޭ ދެ މިލިއަން ކިލޯގެ މުދާ އުފުލާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންހާމަކޮށްފިއެވެ.

އެ ކާމިޔާބީ ފާހަގަކުރުމަށް އެމްއޭސީއެލް އިން ވަނީ ރޭ ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ.

Our Cargo Services marked the achievement of a significant milestone — handling 2 million kg of sea-to-air cargo in... Posted by Maldives Airports Company Limited on Thursday, May 15, 2025

މިކަމާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ މި ޚިދުމަތް ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖެއަށް ގިނަގުނަ، ޚާއްސަކޮށް އިގްތިސާދީ ގޮތުން އެތައް މިލިޔަން ޑޮލަރެއް ވަދެފައިވާ ކަމަށެވެ.

ސީޓު އެއަރ ކާގޯ ގެ ޚިދުމަތް ރާއްޖޭގައި މި ޚިދުމަތް ދެނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު