މެންޓަލް ހެލްތު ގެޕް ޓްރެއިނިން އެއް ބާއްވައިފިއެވެ.
މިއީ ނަފްސާނީ އުނދަގޫތަކާއި އަދި ބަލި ހުންނަ ފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި، ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ދުރާލާ ދެނެގަތުމާއި، ބަލި މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި އެފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި ބޭނުންވާނެ މަޢުލޫމާތާއި، ހުނަރު އަދި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެއިނިންއެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މި މެއި މަހުގެ 11-15 އަށް ކުރިއަށް ގެންދިޔަ މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެ ފަދަ ނަފްސާނީ ފަރުވާ ދިނުމުގެ ވަސީލަތްތައް މަދުވުމުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލަމުން ދާ ގައުމުތަކުގައި ގުޅުން ހުރި ޚިދުމަތް ފޯރުކޮށްދެމުންދާ ސްޕެޝަލިސްޓް ނޫން ޚިދުމަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްގެން ނަފްސާނީ ބަލީގެ ފަރުވާ ދިނުމުގައި ހުރި ފަރަގު ކުޑަކުރުމުގެ ގޮތުން ތަންފީޒުކުރަމުންދާ ތަމްރީން ޕްރޮގްރާމްއެކެވެ.
Mental health department of @MoHmv successfully concludes the 5-day #mhGAP training, equipping healthcare providers with essential skills to identify and manage mental health conditions.@WHOMaldives @UNICEFMaldives @igmhmv #MentalHealth @nmhdmv pic.twitter.com/mUHTOg6a1j
— Ministry of Health (@MoHmv) May 15, 2025
މި ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިތުރުން ޑަބްލިޔުއެޗްއޯ އަދި އައިޖީއެމްއެޗް ގެ އިސްވެރިން ބައިވެރި ވަޑައިގެންނެވިއެވެ. މި ތަމްރީން ޕްރޮގްރާމްގައި ގްރޭޓަރ މާލޭ ސަރަހައްދުން ކަމާގުޅުންހުރި ޖުމްލަ 31 ބޭފުޅުން މި ތަމްރީން ފުރިހަމަކޮށްފައިވެއެވެ.
އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް/ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު، ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން، ހުޅުމާލެ ހޮސްޕިޓަލް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އެފް.ސީ.ޕީ.ޑީ އަދި ވިކްޓިމް ސަޕޯޓް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ، ނޭޝަނަލް ޑްރަގު އެޖެންސީ، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ޚިދުމަތް ފޯރުކޮށްދޭ ކަމާގުޅުންހުރި ބޭފުޅުން މި ތަމްރީން ފުރިހަމަކޮށްފައިވެއެވެ.
މި ތަމްރީން ގައި ސެޝަންތައް ނަންގަވައިދެއްވީ މި ކަމުގެ ތަޖުރިބާކާރުން ކަމަށްވާ ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ސައިކިއެޓްރީ ޑރ. ޝަނޫހާ މަންސޫރު، ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ސައިކިއެޓްރީ ޑރ. އާރިފް މުހައްމަދު، ކޮންސަލްޓެންޓް އިން ސައިކިއެޓްރީ ޑރ. އަބްދުﷲ ނާޒިމް، ކޮންސަލްޓެންޓް އިން ސައިކިއެޓްރީ ޑރ. ޝޫގާ މޫސާ އަދި ކޮންސަލްޓެންޓް އިން ޕީޑީޓްރިކްސް ޑރ. ފަރުޒާނާ ފިރުދޯސް އެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވާފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޔުނިސެފް އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުގެ ފަރާތުންނެވެ.
މި ލިޔުން ކިޔާލުމުން