Tuesday, November 10
އެއްބައިވަންތަވެ އެންމެން ޝާމިލުވާ ސަގާފަތު އާލާކޮށް ދިރުވަންޖެހޭ: ރައީސް
އެއްބައިވަންތަވެ އެންމެން ޝާމިލުވާ ސަގާފަތު އާލާކޮށް ދިރުވަންޖެހޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި މިދުވަސް ފާހަގަކުރަމުންދާއިރު މުޖުތަމައުތަކުގެ ތެރޭގައި ހުންނަ ތަފާތުތަކީ ސިންދަފާތުކަމަކީ ތަރައްގީއަށް ބާރުދޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.އަދި އެންމެންނަށް އެކީގައި ސުލްހަވެރިކަމުގައި ދިރިއުޅެ އެންމެނަށް އުފާ ފާގަތިކަން ލިބޭ، މުޖުތަމައުތަކެއް އުފެއްދުމަށްޓަކައި ތަހައްމަލުކުރުމާއި އެންމެން ބައިވެރިކުރުމުގެ ސަގާފަތު ދިރުވައި އާލާކުރަންޖެހޭ ކަމަށްވިދާޅުވިއެވެ. ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ބައިނަލްއަގުވާމީ ދުވަހަކީ އދ.ގެ ގަރާރު ނަންބަރު 72/130 ގެ ދަށުން ފާހަގަކުރާ ދުވަހެކެވެ. މި  ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އެކި މިޒާޖުތަކުގެ މީހުން އުޅޭކަން ޤަބޫލުކޮށް އެހެން މީހުންނަށް އިޙުތިރާމްކޮށް، ބަލައިގަނެ، އެމީހުންގެ ވާހަކަތައް އަޑު އަހައި އެއްބައިވަންތަކަމާއެކު ދިރިއުޅުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު