Tuesday, November 10
އުފަކާރަ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، "އުފަކާރަ" ތަމްރީން ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. އުފަކާރަ ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ ޕްރޮގްރާމެކެވެ. މިފަހަރު މި ޕްރޮގްރާމް ހިންގަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މި ހިނގާ މޭ މަހުގެ 15 އިން 17ގެ ނިޔަލަށެވެ. ފުވައްމުލައް ސިޓީގެ ކުރުދުމާ މާލަމްގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ކާބޯތަކެތީގެ މަސައްކަތްކުރާ ޖުމްލަ 86 ފަރާތަކުން ބައިވެރިވެއެވެ. މި ޕްރޮގްރާމްގައި ކާބޯތަކެތި ރައްކާތެރި ގޮތުގައި އުފައްދާ، ތައްޔާރު ކުރުމާއި އެތަކެތީގެ ފެންވަރު މަތި ކުރާނެ ގޮތްތަކާ ގުޅޭ ތަމްރީން ދިނުންވެސް ހިމެނެއެވެ. ހަމައެއާއެކު ކާބޯތަކެއްޗާއި ގުޅޭ ގަވާއިދުތަކާއި މިންގަނޑުތަކަށް އަހުލުވެރި ކުރުވުން ވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ. ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ އުފަކާރަ ޕްރޮގްރާމް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި މިހާތަނަށް ހިންގާފައިވާ ހުރިހާ '"އުފަކާރަ"' ތަމްރީން ޕްރޮގްރާމްތަކުގައިވެސް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ގެންދަވަނީ ބައިވެރިވެވަޑައިގެން މަޢުލޫމާތު ޙިއްޞާކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު