އާދިއްތަ, November 1
ދައުރު ނިންމާ މެންބަރުންނާއި މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު މަޖިލީހުގެ މެންބަރުން މިއަދު ޗުއްޓީއަށް ގޮސްފިއެވެ. މިއަދު ބޭއްވުނު މި ދައުރުގެ އެންމެ ފަހު ޖަލްސާ ދެމިގެން ދިޔައީ ހަވީރާ ހަމައަށެވެ.

ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މި ދައުރުގައި ޖުމްލަ 32 ޖަލްސާ ބޭއްވުނެވެ. އަދި އެ ޖަލްސާތަކުގައި މެންބަރުން ޖުމްލަ 59 ގަޑިއިރު ހޭދަކުރެއްވިއެވެ.

މި ދައުރުގައި މެންބަރުން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވީ ކޮމެޓީތަކުގައެވެ. މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ކޮމެޓީތަކުގެ 193 ބައްދަލުވުން ބޭއްވުނެވެ. އަދި އެ ބައްދަލުވުންތަކުގައި މެންބަރުން 139 ގަޑިއިރާއި 30 މިނެޓް ހޭދަކުރެއްވިއެވެ.

މި ދައުރުގައި ޖުމްލަ ނުވަ ބިލެއް ފާސްކުރެވުނެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އަދި ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަދަ މުހިންމު ބިލުތައް ހިމެނެއެވެ.

ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ މަސައްކަތްތަކަށް މެންބަރުން ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު