އާދިއްތަ, November 1
ސިފައިން ކުރާ ކޮންމެ އިޖުތިމާއީ މަސައްކަތަކުންވެސް ހާމަކޮށްދެނީ ރައްޔިތުންނަށް އޮންނަ ލޯބި: ރައީސް

ދިވެހި ސިފައިންނަކީ ޤައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި ޝައުޤުވެރިކަމާ އެކު މަސައްކަތްކުރާ ބައެއް ކަމަށާއި، ސިފައިންނާ ހަވާލުކުރެވޭ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަކީ މޯލްޑިވްސް ބްލަޑް ސަރވިސަސް "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ ބައްދަލުކޮށް ޝުކުރު އަދާކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މި މަސައްކަތް ލަސްވެ، ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ކަންކަން ސީރިއަސް ހާލަތަކަށް ދިޔުމާ ގުޅިގެން، ވީހާވެސް އަވަހަކަށް އަދި ފުރިހަމަކޮށް މި މަސައްކަތް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތުގައި ސިފައިންގެ އެންމެ މަތީ ފަންތިން ފެށިގެން ހުރިހާ ފަންތިއެއްގެ ބައިވެރިވުން ފެނިގެން ދިޔައެވެ. އަދި މަސައްކަތް ނިންމާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުގައި ކަމަށް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު