Tuesday, November 10
އަސްކޮއި 130000 ރުފިޔާ އިން ޖޫރިމަނާކޮށްފި

އުމްރާ އަށް މީހުން ގެންދިއުމުގެ ގަވާއިދާ ޚިލާފުވި އަސްކޮއި ޖަމާއަތް 130،000 އިން ޖޫރިމަނާ ކޮށްފިއެވެ.

މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިއުމަށް އަސްކޮއި ގުރޫޕަށް ފައިސާ ދެއްކި ހަ މީހަކު އުމްރާއަށް ނުގެންދެވޭނެ ކަން އެ ގުރޫޕުން އެންގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000 ރުފިޔާ ގެ ރޭޓުން ޖުމްލަ 252،000 ރުފިޔާއެވެ.

މިކަމާ ގުޅިގެން އޭރު އިސްލާމިކް މިނިސްޓްރީން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. އަދި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އަސްކޮއި ހައްޖު ގުރޫޕުގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްގެން އެ މިނިސްޓްރީގެ ކަމާ ބެހޭ ޔުނިޓްގެ ފަރާތުން އެ މައްސަލަ ބަލަމުންދާކަން ހާމަކުރައްވާފައެވެ.

މިއަދު ނޫސްވެރިންނާ ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ އުމްރާ ގަވާއިދާ ޚިލާފުވި އަސްކޮއި ޖަމާއަތް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން 130،000 އިން އެ ގްރޫޕް ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، މި ފައިސާ ދެއްކުމަށް މިނިސްޓްރީން އަންގާތާ 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށާއި މި އަހަރުގެ އުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ ނުވަ މީހުންގެ ރީފަންްޑް އެ މީހުންނަށް އަނބުރާ ދިނުމަށް ވެސް އަންގާފައިވާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު