އާދިއްތަ, November 1
ދައުރު ހަމަވާން ދޮޅު އަހަރަށްވުމުން ހުސްވާ މަޤާމަށް ބައި-އިލެކްޝަން ނުބާއްވަން ފާސްކޮށްފި

ލޯކަލް ކައުންސިލް މެންބަރުންގެ ދައުރުގައި ބާކީ އޮތީ ދޮޅު އަހަރު ކަމުގައިވާނަމަ، އެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މި އިސްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެގެ މެންބަރު ޢަލީ މޫސާއެވެ. މި އިސްލާހު ފާސްވެފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާ އެކުގައެވެ.

މި އިސްލާހު ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހުމާއި، އޭގެ ސަބަބުން އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާތީ، ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވާން ގާތްވެފައި ވަނިކޮށް، ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް ހަމަޖެއްސުމެވެ.

މި އިސްލާހުގެ ދަށުން، ކައުންސިލްގެ ރައީސްގެ މަޤާމު ނުވަތަ ކައުންސިލްގެ މެންބަރެއްގެ މަޤާމު ހުސްވިއިރު، އެ ކައުންސިލްގެ ޢުމުރުގައި ބގައި ބާކީ އޮތީ 548 ދުވަސް (ދޮޅު އަހަރު) ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާ ނަމަ އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކުރާކަށް ނުޖެހޭނެއެވެ..

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު