Wednesday, November 11
ދެހާހަށްވުރެ ގިނަ ފަތުރުވެރިންނާއެކު އިޓަލީގެ ކްރޫޒްލައިނާއެއް ރާއްޖެއަށް
ދެހާހަށްވުރެއް ގިނަ ފަތުރުވެރިންނާއެކު އިޓަލީގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައިސްފިއެވެ. ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް ޙާއްސަކޮށްގެން އޮޕަރޭޓްކުރާ "އޭއައިޑީއޭ" ނަމަކަށް ކިޔާ މި ކްރޫޒުލައިނާ ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އަދި މޯލްޑިވްސް އިމިގްރޭޝަނުން  ވަނީ ލަންކާގެ ކޮލޮމްބޯ ބަނދަރުން މާލެ އައިސްފައިވާ މިކްރޫޒްލައިނާއިން ދަތުރުކުރި 2650 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2022 ފަސިންޖަރުންނާއި 628 ކްރޫއިންނެވެ. މިއީ މިމަހު ރާއްޖެއަށް އައި 2 ވަނަ ކްރޫޒްލައިނާއެވެ. އެ ކުރޫޒް ލައިނާއިންވެސް އެއްހާހަށް ވުރެ ގިނަ މީހުންނަށް ކްލިއަރެންސް ދިނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު