އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެޗްޑީސީ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި 'ފެމިލީ ކާނިވަލް' ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިވެ، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ވަނީ ހޯދާފައެވެ.
މި ކާނިވަލްގައި ބައިވެރިވި ޖަމުޢިއްޔާތަކުގެ ތެރޭގައި ވީލް ޗެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސްވެސް ހިމެނެއެވެ. މި އެސޯސިއޭޝަންއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހީވާގިކަމާއެކު މަސައްކަތްކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ.
"މިފަދަ އިވެންޓެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކުރުމަށް ވުޒާރާއިން ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ވަރަށް ފުރިހަމަ، ކާމިޔާބު އިވެންޓެއް،" ވީލް ޗެއަރ އެސޯސިއޭޝަންގެ ފަރާތުން މިނިސްޓްރީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
އެސޯސިއޭޝަންގެ ފަރާތުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ކާނިވަލްގައި ބެހެއްޓި އެސޯސިއޭޝަންގެ ސްޓޯލަށް ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ބޮޑެތި މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ޒިޔާރަތްކޮށް، އެކި މަޢުލޫމާތު ސާފުކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން