އާދިއްތަ, November 1
އައްޑޫ ނޭޗާ ޕާކުން ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ބަޔޯޑައިވަސިޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ނޭޗާ ޕާކުން ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އާންމުކޮށް ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

"ސަސްޓައިނަބަލް ޕްރެކްޓިސެސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. މުބާރާތަށް ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކާ ގުޅޭ ފޮޓޯތަކެވެ.

އައްޑޫ ނޭޗާ ޕާކުން މައުލޫމާތު ދެއްވި ގޮތުގައި ކޮންމެ ބައިވެރިއަކަށް ވެސް މުބާރާތަށް ދެ ފޮޓޯ ހުށަހެޅިދާނެއެވެ. ފޮޓޯތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަހެވެ. އައްޑޫ ނޭޗާ ޕާކުގެ އީމެއިލް އެޑްރެސް nature.park@adducity.gov.mv އަށް ހުށަހަޅައިގެން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މުބާރާތުގައި އެންމެ މޮޅު ތިން ފޮޓޯ ހޮވައި، އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 3,500 ރުފިޔާ، ދެވަނައަށް 2,500 ރުފިޔާ އަދި ތިންވަނައަށް 1,500 ރުފިޔާ ލިބޭނެއެވެ.

ބަޔޯޑައިވަސިޓީ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި 22 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އައްޑޫ ނޭޗާ ޕާކުގެ ނަންބަރު 7580059 އަށް ގުޅުމަށް އެ ފަރާތުން އިލްތިމާސްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު