Monday, November 2
ނަޒީރުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން މިރޭ އިޝާ ނަމާދަށްފަހު އޮންނާނެ

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވިޔަފާރިވެރިޔާ މުޙައްމަދު ނަޒީރުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ސ. ހުޅުދޫއަށް އުފަން ނަޒީރު އަވަހާރަވެފައިވަނީ ބަލިވެ ފަރުވާ ހޯއްދަވަމުން ގެންދެވިނިކޮށް މި މަހުގެ 10 ވަނަ ދުވަހު އިނގިރޭސިވިލާތުގައެވެ. ނަޒީރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި އިސް ވިޔަފާރިވެރިއެކެވެ.

1976 ވަނަ އަހަރު، ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންގއަށް ފަތުރުވެރިން އައި ދުވަސްވަރު، ނަޒީރު ވަނީ "ސަންލޭންޑް" ނަމުގައި ޢާއިލީ ޓްރެވަލް އެޖެންސީއެއް ހުޅުއްވައި، ރާއްޖެ މާކެޓްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. އޭގެފަހުން އެ ދާއިރާއިން އޭނާ ވަނީ ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތަށް ކޮށްދެއްވާފައެވެ.

ނަޒީރުގެ ޢާއިލާއަށް ކުރިމަތިވި މި ހިތާމަވެރި ވަގުތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ޢާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު