Wednesday, November 11
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަނިޔާވެ ފަރުވާދެނީ
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ރޭ ހިއްސާކުރި މެސެޖެއްގައި ބުނީ ނ. އަތޮޅުގައި ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަނިޔާވެފައިވާ މައްސަލަ އިއްޔެރޭގެ 10:30ހާއިރު ފުލުހުންނަށް ލިބިފައި ވާކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމީހާގެ ކަނާއަތުގެ އުޅަނބޮއްޓާ ހިސާބުން ބުރިވެފައި ވާކަމަށެވެ. އަދި މީގެ އިތުރުން ވެސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އިތުރުފަރުވާއަށް އެ މީހާ މިހާރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު