މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ސައިކަލް ޕާކިން ޒޯނެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި ޕާކިން ޒޯން ތަރައްޤީކުރަމުންދަނީ ގަލޮޅުގައި މާލެ ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުންދާ މައިޒާނާ އިންވެގެން އޮންނަ ހުސްބިމުގައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ސައިކަލް ޕާކުކުރެވޭނެ ޖާގައެއް ހޯދައިދިނުމެވެ. އަދި މި ޕާކިން ޒޯން ތަރައްޤީކުރުމުން، ކާރުބާރު ބޮޑު ބޮޑު ރަސްގެފާނު މަގުގެ ޓްރެފިކަށް ލުޔެއް ލިބިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މި ޕާކިން ޒޯން ނިމުމާއެކު، އިތުރުވެގެންދާ ޕާކިން ސްލޮޓްތަކުން މި ސަރަހައްދުގެ ކަންމަތިތަކުގައި ޕާކް ކުރާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ދެކޭ ކަމުގައެވެ. އަދި މިކަމުގެ ސަބަބުން، އެ މަގުގެ ޓްރެފިކަށް ލުޔެއް ލިބި ދުއްވަން ފަސޭހަވާނެ ކަމަށް ވެސް މޭޔަރު އާޒިމް ފާހަގަ ކުރެއްވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ގަލޮޅު ސަހަރާ ހިމެނޭ ކޮށިން އެއް މީޓަރ މަގަށް އިތުރު ކުރެވި، މަގު ފުޅާ ކުރެވިގެން ދާނެ ކަމުގައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
މި މަސައްކަތް ވީހާ އަވަހަށް ނިންމުމަށް ކައުންސިލުން މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. މި މަޝްރޫޢަކީ މާލެ ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން