ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ހަތަރު ވަނަ ސައިކަލްގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓާ ގުޅޭގޮތުން، އިންސާނީ ޙައްޤުތަކާގުޅޭ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޔޫ.ޕީ.އާރުއަކީ އ.ދ ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވެމުންދާ މިންވަރާއި، އެ ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޛުކުރެވެމުންދާ މިންވަރު ދެނެގަތުމަށްޓަކައި އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލް އިން ކޮންމެ 4.5 އަކުން އެއްފަހަރު ކުރާ ރިވިއުއެކެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 19 މޭ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި، ބަންޑާރަނައިބުގެ އޮފީހުގައެވެ. އަދި، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އަދި، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް ބައްދަލުވުމާ ގުޅުންހުރި އިތުރު މަޢުލޫމާތު ޙިއްޞާކުރައްވާނެ ކަމުގައިވެސް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން