Wednesday, November 11
އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން ވޯލްކް އިން އިންޓަވިއު އެއް!
މޯލްޑިވްސް އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. މި މުވައްޒަފުން ނެގުމަށް އިމިގްރޭޝަން ޓްރެއިނީ ގެ ގޮތުގައި ނަގާ 50 މީހުން ހޮވުމަށް ވޯލްކް އިން އިންޓަވިއުއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ މިފަދަ ގޮތަކަށް އިމިގްރޭޝަނުން ބާއްވާ ފުރަތަމަ އިންޓަވިއުއެވެ. އިމިގްރޭޝަނުން ބުނީ މިއީ ގައުމަށް ހިދުމަތްކުރުމާއި ބޯޑަރުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޚާއްސަ ޓީމަކާ ގުޅުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. މި ހަރަކާތް ކުރިއަށް ދާނެ ދުވަހަކާއި ތާރީހެއް ފަހުން އިއުލާން ކުރެވޭނެ ކަމަށް އިމްގްރޭޝަނުން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު