"މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް 157 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވޭ. އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. ހަމައަށް ބަރާބަރަކަށް ނުދައްކާ." ހައިދަރު ވިދާޅުވި އެވެ.ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުއާ ސުވާލުކުރެއްވުން pic.twitter.com/sZhfx4rd1h
— People's Majlis (@mvpeoplesmajlis) May 13, 2025
ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވާ ކަމުގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ އެކަމާ ގުޅޭ ސުވާލުތައް މިނިސްޓަރާ ކުރައްވާފައެވެ. ވަކިން ޚާއްސަކޮށް، މިނިސްޓްރީގެ މަސައްކަތްތައް ލަސްވަނީ ކީއްވެތޯ ބައެއް މެންބަރުން ސުވާލުކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތައް ލަސްވާކަން ގަބޫލުކުރައްވާ ކަމަށާއި، އެހެން އެކަން ދިމާވަނީ މިނިސްޓްރީގެ މުވައްޒަފުންގެ ދަތިކަން ހުރުމުންނެވެ. ނަމަވެސް އެކަން ކަމަށް ވެސް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.






