Wednesday, November 11
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެސިސްޓިވް ޓެކްނޮލޮޖީ ޤާއިމްކުރަނީ

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެސިސްޓިވް ޓެކްނޮލޮޖީ ޤާއިމްކުރެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އަހާ" ސިލްސިލާގެ 5 ވަނަ ފޯރަމްގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވަނީ ޢާންމުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ނިޒާމާއި ސިޔާސަތާ ގުޅޭ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން، ވަޞީލަތްތަކާއި ފަންނީ ޤާބިލުކަން ހުރި މިންވަރަކުން ކުދިން ޝާމިލުކޮށް، ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމައަށް ޚިދުމަތް ދޭން ބޭނުންވާ ފަންނީ ޤާބިލުކަމާއި އެސިސްޓިވް ޓެކްނޮލޮޖީ ޤާއިމުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ދަރިވަރުންނާ ގުޅޭ ކަންކަމުގައި އެކުލަވާލާފައި ހުންނަ ޕޮލިސީތައް މުރާޖަޢާކުރުމުގެ ވިސްނުންފުޅެއް އަދި ނެތްކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ. މިއިން ކޮންމެ ޕޮލިސީއަކީ ފަންނީ ލަފައާއި، ތަޖުރިބާ އާއި އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން އެކުލަވާލައި، އޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އަދި ފާހަގަނުކުރެވޭ ޕޮލިސީތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނިޒާމުގެ ފެންވަރު ވަޒަންކުރެއްވުމަށް ރާއްވަވާފައިވާ މަސައްކަތްތަކާ ގުޅޭ ތަފްޞީލުތައްވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

"އަހާ" ފޯރަމަކީ، ރައްޔިތުންނާ ވީހާވެސް ގާތުން، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު