Monday, November 2
ޖުޑީޝަރީއަށް ނުފޫޒެއް ނުފޯރުވަން: ބަންޑާރަ ނާއިބު އުޝާމް

ޖުޑީޝަރީއަށް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ބަންޑާރަ ނާއިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. މި ވާހަކަ އުޝާމް ވިދާޅުވެފައިވަނީ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންޑާރަ ނާއިބުގެ މި ބަސްފުޅަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުޢޫދާއި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާފައިވާ ތުހުމަތުތަކަށް ދެއްވާފައިވާ ރައްދެކެވެ. އެ ދެ ފަނޑިޔާރުން ވަނީ އުޝާމް ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އުޝާމް ވިދާޅުވި ގޮތުގައި ސުޢޫދަކީ ސިޔާސީ ބޭފުޅެއް ކަމުން، އެފަދަ ސިޔާސީ ވާހަކަތަކަށް އާންމު ގޮތެއްގައި ރައްދު ނުދެއްވައެވެ. އެހެންނަމަވެސް، އުޝާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ސުޢޫދު ފޮނުއްވާފައިވާ މެސެޖުތަކާއި ދައްކަވާފައިވާ ވާހަކަތަކުން ނުފޫޒު ފޯރުވީ ކޮން ފަރާތަކުންކަން ސާފުވާނެ ކަމަށެވެ.

މީގެ އިތުރުން، ބަންޑާރަ ނާއިބު ވަރަށް ސާފުކޮށް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވީ ސުޢޫދު ކަމަށެވެ. އުޝާމް ވިދާޅުވީ އޭނާ އަމިއްލައަށް އެއްވެސް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ކުރައްވާފައިވާ ތުހުމަތާ ގުޅޭ ގޮތުން، އުޝާމް ވިދާޅުވީ އެޖެންޓެއް ފޮނުވައިގެން އިންޒާރު ދިން ކަމުގެ ތުހުމަތަކީ ދޮގު ވާހަކައެއް ކަމަށެވެ. އުޝާމް ވިދާޅުވި ގޮތުގައި އަޒްމިރަލްދާ އިޝާރާތް ކުރައްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ހިނގި ކަމަކަށް ކަމަށާއި، އެޖެންޓެއް ކަމަށް ބުނެފައިވަނީ އެ ދެ ބޭފުޅުންގެ އެކުވެރިއަކަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު