Monday, November 2
ގދ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް 2 އަހަރު ތެރޭ ނިމޭނެ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ ގދ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކުރެވިފައެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ފޯރަމްގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން 3 ގުނައަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްކިރާ ކާރުޚާނާތަކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވިގޮތުގައި ފިޔޯރީގައި ޤާއިމްކުރާ ފެކްޓްރީއަކީ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެކްޓްރީއެކެވެ. އަދި ޅ. ފެލިވަރު އަދި ފ. ނިލަންދޫގައިވެސް މިފަދަ ފެކްޓެކްޓްރީތަކެއް ޤާއިމްކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި 3 ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި، ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި މިދިޔަ އެޕްރީލްމަހުގެ 8 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި ފިނޭންސް މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތް ނިމި، އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ހުއްދަ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކޮންސެޝަނަލް ނުވަތަ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެ ކަމަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކެކެވެ. މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު