Monday, November 2
ދިވެހި ފުލުހުންގެ ޚިދުމަތުން "މީޑިއާ އިންޓަރެކްޝަން ނައިޓް 2025" އިންތިޒާމު ކުރަނީ

ދިވެހި ފުލުހުންގެ ޚިދުމަތުން "މީޑިއާ އިންޓަރެކްޝަން ނައިޓް 2025" އިންތިޒާމުކުރަނީ

- ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކުރާ "މީޑިއާ އިންޓަރެކްޝަން ނައިޓް 2025" ގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 މެއި 20 ވަނަ ދުވަހުގެ ރޭގައެވެ.

ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި މި ހަރަކާތުގެ އެންމެހައި ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ބައިވެރިވެވަޑައިގަންނަވާ ހުރިހާ މީޑިއާތަކުން 2025 މެއި 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ވަނީ އެދިފައެވެ.

ފޯމުގައި ހިމަނަންޖެހޭ މަޢުލޫމާތުގެ ތެރޭގައި މީޑިއާގެ ރަސްމީ ނަން (ދިވެހި އަދި އިނގިރޭސި ބަހުން)، ބައިވެރިންގެ އަދަދު (ގިނަވެގެން 2)، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް އަދި ބައިވެރިވާ ނޫސްވެރިންގެ މަޢުލޫމާތު ހިމެނެއެވެ.

ފުލުހުން ބުނި ގޮތުގައި މި ހަރަކާތަކީ ފުލުހުންނާއި މީޑިއާގެ ގުޅުން ބަދަހިކޮށް، ދެފަރާތުގެ މެދުގައި އޮންނަ މުޢާމަލާތު އިތުރަށް ހަރުދަނާކުރުމަށް ބޭއްވޭ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި ރާއްޖޭގެ އެކި މީޑިއާތަކުން ބައިވެރިވުމަށް އެދިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވެއެވެ. އަދި މިފަދަ ކަންކަމަށް މީޑިއާތަކުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައިވެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މީޑިއާތަކުން https://bit.ly/3ZaeJga މި ލިންކުން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު