Saturday, October 31
މަގޫދޫ އެއާޕޯޓު މި ދައުރުގައި ނިންމާނަން: މުއްތަލިބު
ފ. މަގޫދޫގައި މި ދައުރު ނިމުމުގެ ކުރިން އެ އެއާޕޯޓުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މަގޫދޫ އެއާޕޯޓު މަޝްރޫއު އަލުން ފަށާނެތޯ އަދި އެ މަޝްރޫއު ނިމޭނީ ކޮންއިރަކުތޯ ސުވާލުކުރައްވައިފައެވެ. މިނިސްޓަރ ވިދާޅުވީ ކުރީގެ އެމްޑީޕީގެ ސަރުކާރުން ފ. މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށެވެ. ނަމަވެސް އެޕާރޕޯޓް ހުޅުވުން ލަސްތަކެއް އައިސްފިކަން ގަބޫލުކުރައްވާ ކަމަށެވެ. "އަޅުގަނޑުމެން ގަބޫލުކުރަން ލަސްތަކެއް އައިސްފިކަން. އެންމެ ކުރީގައި ނިލަންދޫގައި އެޅުމަށް، އަބަދު ވެސް ނިލަންދޫގައި އެޅުމަށް ނިންމާފައި އޮތް އެއާޕޯޓެއް މަގޫދުއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން،" މުއްތަލިބު ވިދާޅުވިއެވެ. މަގޫދޫ އެއާޕޯޓް ތަރައްގީކުރަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 650 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު