Wednesday, November 11
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އަށް ރުހުން ދީފި

މަޖިލީހިގެ މިއަދުގެ ޖަލްސާގައި އޭނަ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް  ރުހުން ދީފިއެވެ.

އޭނާ އައްޔަން ކުރުމަށް ފެންނަކަމަށް 73 މެމްބަރަކު ވޯޓް ދެއްވި އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރަން ނިންމައި، އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅީ މިދިޔަ މަހުގެ 30 ގަ އެވެ. އެ ދުވަހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި އެވެ.

އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް (އެފްއެސްޑީ) ގެ ހެޑްގެ މަގާމުގަ އެވެ. އޭނަ އަކީ ސެންޓްރަލް ބޭންކިން އަދި ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ ދާއިރާއިން 17 އަހަރު ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އަސްނާ ވަނީ އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް، ލައިސެންސިން ފްރޭމްވޯކް ރިފޯމް، ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމާއި ފައިނޭންޝަލް ކޮންޒިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަން ކަންކަމުގައި އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު