Tuesday, November 10
ދެހާސް ތޭވީހުގެ ނިޔަލަށް ރާއްޖޭގައި 3716 ނަރުހުން: ހެލްތު މިނިސްޓްރީ

ދެހާސް ތޭވީހުގެ ނިޔަލަށް ރާއްޖޭގައި ތިބީ 3716 ނަރުހުންކަމަށް ތަފށް ހިސާބުތަކުން ދައްކައިފިއެވެ.

މުޅި ދުނިޔޭގައިވެސް އަންހެނުން ގިނައިން މަސައްކަތް ކުރާ މިދާއިރާގައި ރާއްޖޭގައިވެސް  3413 އަންހެން ނަރުހުން މަސައްކަތްކުރާއިރު، ފިރިހެން ނަރުހުންގެ އަދަދު ދެހާސް ތޭވީހުގެ ނިޔަލަށް ހުރީ 303 ގައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން2370 ނަރުހުންނަކީ ދިވެހި ނަރުހުންނެވެ. 1346 ނަރުހުންނަކީ ބޭރުމީހުންނެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2006 ނަރުހުން މަސައްކަތް ކުރަނީ އަތޮޅުތަކުގައެވ. މާލޭގައި 1710 ނަރުހުން މަސައްކަތް ކުރެއެވެ.

ޕްރައިވެޓް ސެކްޓަރ ގައި597 ނަރުހުން މަސައްކަތް ކުރާއިރު، ޕަބްލިކް ސެކްޓަރ ގައި 3119 ނަރުހުން މަސައްކަތް ކުރާކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މުޅި ދުނިޔޭގެ ތަފާސް ހިސާބުތަކަށް  ބަލާއިރު 29 މިލިއަން ނަރުހުން މަސައްކަތް ކުރެއެވެ. މީގެ ތެރެއިން 25 މިލިއަން ނަރުހުންނަނީ އަންހެނުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު