"ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އަކީ މިރޮނގުން ޚިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކުގެ މެދުގައި ބޭއްވި 3 ދުވަހުގެ ސަމިޓެކެވެ. މި ސަމިޓުގައި، މޯލްޑިވްސް 2.0 ގައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީޢާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ޤާއިމުކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އާރކައިވްކުރުމަށް ސޮވަރިން ކްލައުޑް ޤާއިމުކުރުމާއި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި ސިޓިޒެން-ސެންޓްރިކްކޮށް، ވީހާވެސް ބޮޑަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، ޑިޖިޓަލް ރޮގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމާއި، އަދި އައި.ސީ.ޓީ ސެކްޓަރގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތުގައި މި ސަމިޓުން ހާސިލުކުރެވުނު ނަތީޖާތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށައެޅުއްވުމުގެ އިތުރުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން ވަނީ ޤައުމީ ޑިޖިޓަލް އިޤުރާރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. މި އިޤުރާރު އެ މަނިކުފާނަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ، އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް އަދުނާންގެ އިތުރުން މި ސަމިޓްގެ ހުރިހާ ސެޝަންތަކެއްގެ ސްޕީކަރުންނާއި މޮޑެރޭޓަރުނާއި ޕެނަލިސްޓުން އަދި އެސްޓޯނިއާ ސަރުކާރުގެ މާހިރުންގެ އިތުރުން އައި.ސީ.ޓީ ކޮމިޓީގެ މެންބަރުންގެ ހާޒިރުގައެވެ.President Dr @MMuizzu attends the closing ceremony of the Maldives 2.0 Digital Transformation Summit. The summit gathered key stakeholders from government agencies alongside local and international experts to discuss the realisation of the President's @digitalgovmv vision. This… pic.twitter.com/e1yqfbdH1T
— The President's Office (@presidencymv) May 11, 2025
— The President's Office (@presidencymv) May 11, 2025މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެސްޓޯނިއާ ސަރުކާރުގެ މާހިރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރޭޑް ނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރުވަނީ މޯލްޑިވްސް 2.0 ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދައުލަތުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންނާއި ވުޒާރާގެ ބައިވެރިވުމާއި ފަންނީ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަން ސަޢީދާވަނީ ފާހަގަކުރައްވާފައެވެ. އަދި މިސަމިޓުގެ ތެރެއިން މޯލްޑިވްސް 2.0ގެ އަމާޒުތަކަށް ވާސިލުވުމަށް ކަމާބެހޭ އިދާރާތަކުގެ މެދުގައި ހުރި ޝައުގުވެރިކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަކަމަށް ވިދާޅުވިއެވެ.






