— The President's Office (@presidencymv) May 11, 2025"ހިދުމަތް ހޯދަން އަންނަ ފަރާތާއި ހިދުމަތް ހޯދާ ރައްޔިތުން އިސްކުރާ، ހިދުމަތުގެ ފެންވަރު ރަނގަޅު، ފަސޭހަކަމާއި އަވަސްކަމާއެކު ލިބިދޭ އޯގާތެރި ދައުލަތެއްގެ ސިފަތައް ލިބިފައިވާ ހިދުމަތްތަކެއް. ސަލާމަތީ ގޮތުން ވަރުގަދަ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، މިޒަމާނުގެ ތުރެޓުތަކަށް ރެސްޕޮންޑުކުރެވޭ ސައިބަރ ސެކިއުރިޓީ އެސްޓަބްލިޝްކުރެވިފައިވާ އެކަން ޔަގީންކުރެވޭ ނިޒާމެއް،" އަލީ އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރ އިހްސާން ވަނީ "ދިވެހިރާއްޖެ 2.0"ގެ ތަސައްވުރާ ގުޅޭ ގޮތުން، އެއީ އީ-ވޯޓިން ތައާރަފުކުރުމަށް ކުރާ މަސައްކަތެއްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ތުހުމަތުތަކަށްވެސް ރައްދުދެއްވާފައެވެ.
ރާއްޖޭގައި މިހާރު އަމަލުކުރާ އުސޫލުން ވޯޓު ކަރުދާސްކޮޅު ވޯޓު ފޮއްޓަށް ލަައިގެން ވޯޓުލުމުގެ އިތުރަށް، ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މީހުންނަށް ޑިޖިޓަލް ނިޒާމުތައް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އެސްޓޯނިޔާގައި ހުޅުވިފައި އޮންނަކަން އެ ގައުމުގެ އޮފިޝަލުން ވިދާޅުވެދެއްވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ހަމަ އެވަގުތު އަޅުގަނޑާއި އެތަނުގައި ތިބި ވަޒީރުންނަށް ރައީސް ވިދާޅުވި، އަޅުގަނޑުމެން މިހުރިހާ ކަމެއް މިގޮތަށް ކުރަންވާނޭ، އެހެންނަމަވެސް ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެންނުވާނޭ. އަޅުގަނޑުމެން މިހާރުވެސް ވޯޓުލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން ކަމަށާއި ދެންވެސް ކުރިއަށްދާނީ އެގޮތަށްކަމަށް ރައީސް ގަބޫލުކުރައްވާކަމަށް ވިދާޅުވި،" މިނިސްޓަރ އަލީ އިހުސާން ވިދާޅުވިއެވެ.
"މޯލްޑިވްސް 2.0" ސަމިޓަކީ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ބައިވެރިވުން އޮވެގެން ކުރިއަށްގެންދެވުނު ވަރަށް ކާމިޔާބު ސަމިޓެއްގެ ގޮތުގައި މިނިސްޓަރ އިހުސާން ސިފަކުރެއްވިއެވެ.





