Saturday, October 31
ރާއްޖެ ނާންނަން ސިންގަޕޫރުން އިލްތިމާސް ނުކުރޭ: ފޮރިންގ މިނިސްޓްރީ

ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވުމަށް އެދި ސިންގަޕޫރުގެ ސަރުކާރުން އިލްތިމާސްކޮށްފައިވާ ކަމަށް ބުނެ ޚަބަރު ފެތުރުނު ނަމަވެސް، އެ ގައުމުން މި ފަހުން އެފަދަ އިލްތިމާސެއް ނެރެފައިނުވާކަން ކަށަަވަރުކޮށްދީފައިވާ ކަމަށް ދިވެހި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ދިވެހިރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ޝާއިޢުކުރަމުންދާ ޚަބަރުތަކާ ގުޅޭގޮތުން މިރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ވަނީ މިނިސްޓްރީއަށް ކަށަވަރުކޮށްދެއްވާފައިވާ ކަމަށެެވެ. އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަންކަމަށް މިނިސްޓްރީގެ ބަޔާނުގައިބުނެފައިވެއެވެ.

ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިޞާދަށް ކުރުމަކީ އެކަށީގެންވާކަމެއް  ކަމަށާއި  ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު