Monday, November 2
އަހަރެއް ތެރޭ ރާއްޖެއިން ދެ މިލިއަން ކިލޯގެ ކާގޯ ބޭރު ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެއް އަހަރު ތެރޭގައި 2 މިލިއަން ކިލޯގެ ކާގޯ އުފުލާފައިވާކަމަށް މިއަދު ހާމަކޮށްފިއެވެ.

ވީއައިއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، މި ކާގޯތައް އުފުލާފައިވަނީ 12 އެއާލައިނެއް މެދުވެރިކޮށް ތިން ގައުމެއްގެ 20 މަންޒިލަކަށެވެ. މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ތަރައްޤީކޮށްފައިވާ އައު ކާގޯ ޓާމިނަލް ހުޅުވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ހުޅުވުނު މި އައު ކާގޯ ޓާމިނަލްގެ ސަބަބުން އަހަރަކު ޖުމުލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް ދެވޭނެ ގާބިލުކަން ވީއައިއޭ އަށް ލިބިފައިވެއެވެ. އަދި މި ޓާމިނަލް ބޭނުންކުރަން ފެށި ފަހުން ކާގޯ އުފުލާ މިންވަރު ވަނީ އިތުރުވެފައެވެ.

އާ ކާގޯ ޓާމިނަލުގައި ކުރީގެ ޓާމިނަލަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާއިރު، ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތައް ބޭނުންކުރުމަށް އިސްކަންދީފައިވެއެވެ. މީގެ އިތުރުން، އާ ކާގޯ ޓާމިނަލުގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު، އެއާލައިންތަކާއި ބްރޯކަރުންނަށް ޚާއްސަކޮށް 55 އޮފީހުގެ ޖާގަ ހަމަޖައްސާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު