Monday, November 2
އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓޭޝަން ކާޑު ބޭނުންކުރަން ހަނދާންކޮށްދީފި

އެކި ހާލަތްތަކާއި ގުޅިގެން ބާއްވާ އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ އެކްރެޑިޓޭޝަން ކާޑު ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ރައްކާތެރިކަމާއި، އެއްވުންތަކާ ގުޅިގެން ފުލުހުން ބަންދުކުރާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

"އެއްވުމާ ގުޅޭ ގޮތުން ހ ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން ދޫކުރާ އެކްރެޑިޓޭޝަން ކާޑު ނެތް ނޫސްވެރިން ވީހާވެސް އަވަހަކަށް ކާޑު ހެއްދުމުގެ މަސައްކަތް ކުރިއަށްގެންދަން ފުލުހުން އެދިފައިވެއެވެ. އެހެންނަމަވެސް، އެކްރެޑިޓްކޮށްފައިވާ ފާސް ލިބެންދެން، މެއި 12 އިން 15 އަށް، އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާއެއްގެ ފާސް އެއްވުންތައް ކަވަރު ކުރެއްވުމުގައި ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް އަންގާފައިވަނީ، އެއްވުންތަކުގައި ހަރަކާތްތެރިވާއިރު އެކްރެޑިޓޭޝަން ކާޑު އަބަދުވެސް ފެންނަ ގޮތަށް ހަށިގަނޑުގައި ހަރުކޮށްގެން އުޅުމަށާއި ކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިން ތިބެންވާނީ ފުލުހުންގެ ސަފުތަކާއި އެކަށީގެންވާ ދުރުމިނެއްގައި ކަމަށާއި، ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނުވަނުމަށާއި، ފުލުހުން ހަރަކާތްތެރިވާ ސަރަހައްދުގައި ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރި ނުވުމަށް އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު