Monday, November 2
2007 އިން ފެށިގެން އުފަންވީ މީހުންނަށް ސިނގެރޭޓް މަނާކުރާ ބިލް ކޮމިޓީއިން ފާސްކޮށްފި

2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، އިސްތިޢުމާލުކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ހުށަހެޅުނު ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފިއެވެ.

މި ބިލަކީ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމެއް ތަންފީޒުކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙެކެވެ. ވަޒީރުންގެ މަޖިލީހުން މި ނިންމުން ނިންމާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ކިނބިދޫ ދާއިރާގއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޝްރަފެވެ. ބިލް ދިރާސާކުރުމަށް އުފެއްދުނު 7 މެންބަރުންގެ ވަގުތީ ކޮމިޓީން 10 ދުވަހުގެ މުއްދަތެއްގައި ބިލް ދިރާސާކޮށް، އެޓަރނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު، މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ވަނީ އިއްތިފާޤުން މި ބިލް ފާސްކޮށްފައެވެ.

ބިލުގައި ހިމެނޭ މޭ މުހިންމު ނުކުތާތަކުގެ ތެރޭގައި

  • - 2007 ގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ހުރިހާ މީހުންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުން
  • - 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރުން
  • - ދުންފަތުގެ ބާވަތްތައް ވިއްކުމަށް ޚާއްޞަ ލައިސަންސެއް ބޭނުންވުން
  • - ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކުރުން

މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް 1,000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު